Skip to main content

Posts

Featured

ބޭނުންވަނީ ލައްޒަތެއްނޫން، އިޝްގެވެ.

ސެމުއެލް ޕާންދްޔާގެ މަޑު ރީތި ގިޓާގެ ނަލަ އަޑުގެ ތެރެއިން ޕްރިޔާ މަލިކްގެ ޖާދުވީ ދުލުން ހުށައަޅާފައިވާ ޅެން "މުޖޭ ޕިޔާރް ނެހީނ، އިޝްގް ޗާހިޔޭ" އެންމެ ފުރަތަމަ ފެނުނު ހިސާބުން އަހަރެންގެ ހިތުގައި މި ޅެމަށް ޚާއްސަ ލަގަބެއް ދެވުނެވެ. ހީވީ ހަމަ އަހަރެންގެ ހިތުގެ އެންމެ ފުނަށް ޕްރިޔާ ދަތުރުކޮށް ހިތުގެ އުދާސްތައް އޭނާ މިޅެމަށް ފައްތާލި ހެންނެވެ. އުރްދޫގެ ސާފުރީތި ބަހުރުވައިން އަމުނާލި އާޝޯހް ކުރުވަނިވި ބަސްތައް އިވުމުން އެ ދިވެހި ބަހަށް ގެނައުމުގެ ޚިޔާލު ހިތުތެރެއިން ނުދިޔައީތީ ދެން މިކަންވެސް ކުރަން އަހަރެންގެ ހިތް އަހަންނަށް މަޖްބޫރު ކުރުވީއެވެ. އަހަރެންގެ ދިވެހި ބަސްމަގުގެ ކޮށިކަމާއެކުވެސް މިޅެން ތަރުޖަމާ ކުރަން ކުރި ކުޑަވަރެއްގެ މަސައްކަތެއް ތިރީގައި މިވަނީ އެވެ.       ބޭނުންވަނީ އިޖާޒަތެއް ނޫން، އަހަރެންގެ ޚިޔާލް ފާޅުކުރުމުގެ މިނިވަންކަމެވެ. ބޭނުންވަނީ އެއްވެސް ފޮތެއްގައިވެސް އަދި މިހާތަނަށް ލިޔެވިފައިނުވާ ދާސްތާއެއް ލިޔުމެވެ. ބޭނުންވަނީ ތިޔަ ދައްކާ ހުރިހާ ވާހަކަތަކަށްވުރެން ތިބާގެ އަމަލުން އެ އިޚްލާސްތެރިކަން ފެނުމެވެ. ބޭނުންވަނީ ހަދިޔާގެ ގޮތުގައި އަގުބޮޑު ގަހަނާއެ...

Latest Posts